
ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ވޮލެޓެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ މި މީހާއަކީ މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާ ފަރާތެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެންކަމުން، މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ރަސްމީ ނަންބަރު 9660183 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުށްކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

