
ހދ. ކުޅުދުއްފުށީ ސިޓީގައި ރުކަކުން ވެއްޓި ހާލު ދެރަވި އުމުރުން 38 އަހަރުގެ ފިރިހެން މީހާ، އިތުރު ފަރުވާ ދިނުމަށްޓަކައި ރޭގެ ވަގުތެއްގައި މާލެ ގެނެސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދޭން ފަށައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާދެމުން އައުމަށްފަހު މާލެ ގެނެސްފައިވާއިރު، އޭނާގެ ހާލަތު އަދިވެސް ވަރަށް ސީރިއަސް މައުލޫމާތު ލިބެއެވެ. ވެއްޓުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާދެމުންދިޔަ ނަމަވެސް، ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަޚަމެއްގެ ނިޝާނެއް ފެންނަން ނެތްކަން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

