
ތޫނު އެއްޗަކުން މީހެއްގެ ކަރައް ހަމަލާދިން މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18ވަނަ ދުވަހުގެ ރޭ، ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާގައި އަނިޔާވި މީހާއަށް ފަރުވާދެމުންދަނީ އައިސީޔޫގައެވެ. އެމީހާ އަށް ހަމަލާދީފައި ވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓަ ކަމަށާއި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

