
އެމްޑީޕީގެ ޕޯޑިއަމްއާއި ރިޔާސީ ކެންޑިޑޭޓުކަމަކީ ވަކި ބައެއްގެ ޙައްޤެއްގެ ގޮތުގައި އޮތް ޒަމާން ބަދަލުވެއްޖެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި “ހޭވައްލާ ތައްޔާރު” ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބޭގޮތް ނުވުމުގެ ސަބަބުން އެ މައްސަލަ ހޫނުވެ، ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ވަނީ ރޭގެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.
އެކަމާ ގުޅިގެން އެކްސްގައި ރީކޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިތްވަރުގަދަ މޭޔަރުންނާއި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ ކާމިޔާބުކުރެއްވި އެމްޑީޕީގެ ޒުވާން ޓީމު ކަމަށާއި ކުރިއަށް ވެސް އޮތީ އެމްޑީޕީގެ އާންމު މެމްބަރުންގެ ލޯބި ހޯދައިގެން ހާސިލުކުރެވޭނެ ލަނޑުދަނޑި ކަމަށެވެ. އަދި ގަފޫރު ކުރެއްވި މަސައްކަތުގެ ހެޔޮ ނަތީޖާ ވަރަށް ވެސް ފުރިހަމަ ކަމަށް މޫސަ ފާހަގަކުރެއްވިއެވެ.
އެމް ޑީ ޕީގެ ކާމިޔާބީ ފާހަގަ ކުރުމުގާ ބޭއްވި ޖަލްސާގައި ކުޑަކޮށް ހިތްހަމަ ނުޖެހުން ހިނގައފި MDP ގެ ޕޯޑިއަމް އާއި ރިޔާސީ ކެންޑިޑޭ ޓުކަމަކީ ވަކި ބައެއްގެ ޙައްގެއްގެ ގޮތުގާ އޮތްޒަމާން ބަދަލުވެއްޖެ،
ކުރީގެ ޗެއަރ އާއި ކުރީގެ ރައީސުން ޕޯޑިއަމްއަށް…
— Moosa Maniku (Reeko) (@ReekoMoosa) April 6, 2026
އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ހޫނުވެ، އެމްޑީޕީގެ އިސްސަފުގައި ތިއްބެވި އެއް މެންބަރު އަނެއް މެންބަރަށް ފާޑުކިޔުތައް އަމާޒުކުރުން ވަނީ ފެށިފައެވެ. ދެ ޕެކްޝަންގެ އާންމު މެންބަރު ވެސް ދަނީ މި މައްސަލައިގައި މީސްމީޑިއާ މެދުވެރިކޮށް ޚިޔާލު ފާޅުކޮށް ފާޑުކިޔަމުންނެވެ.

