
ވިޒިޓް މޯލްޑިވްސްއިން ފަންނުވެރިންގެ ސަމިޓެއް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
“ވޯލްޑް ކްރިއޭޓަރ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް”ނަމުގައި އެ ސަމިޓު ކުރިއަށް ގެންދަން ނިންމާފައިވަނީ “ވޯލްޑް ޓްރެވަލް އެވޯޑްސް” އިންތިޒާމްކުރާ ފަރާތްތަކާ ގުޅިގެންނެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ. އެ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުން ސޮއި ކުރެއްވީ، އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކްއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ސަމިޓުގެ ދަށުން ދުނިޔޭފެ ފާހަގަކޮށްލެވޭ ގައުމުތަކުން 50ކޮންޓެންޓް ކްުރިއޭޓަރުން ބައިވެރިވާނެ ކަމަށެވެ.
އަދި އެއާއެކު ރާއްޖެެއާ ގުޅޭގޮތުން ކްރިއޭޓަރުންގެ ވާހަކަތައް ބައިނަލްއަގުވާމީ ޕްލެޓްފޯމްތައް މެދުވެރިކޮށް އިތުުރަށް އިޝްތިހާރުވެގެންދާނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ދަނީ ގިނަ ގުނަ ހަރަކާތްތައް ބާއްވަމުން ނެވެ. އެގޮތުން ފެއާތަކުގައި ބައިވެރިވުމާއި ރޯޑްޝޯތައް ދަނީ ބާއްވަމުންނެވެ.

