
މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަލަށް ފަށާ ޓެކްސީ ޚިދުމަތަށް ހާއްސަކޮށްފައިވާ “ޗަންގަން ލޫމިން” މަރުކާގެ ކާރުތަކުގެ ދެވަނަ ޝިޕްމަންޓް އިއްޔެ ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، އަލަށް އެތެރެކުރި ކޮމްޕެކްޓް ސައިޒުގެ މި އުޅަނދުތަކަކީ ތިން ފަސިންޖަރުންގެ ޖާގަ އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި މިއީ ވެރިރަށް މާލޭގެ ހަނި އަދި ކާރުބާރު ބޮޑު މަގުތަކުގައި ދުއްވުމަށް އެންމެ އެކަށޭނެ އެއް މޮޑެލްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. ޖާގައިގެ ގޮތުން ކުޑަވުމުގެ ސަބަބުން، ތޮއްޖެހިފައިވާ މަގުތަކުގައި ފަސޭހަކަމާ އެކު ދަތުރުކުރުމުގެ ގާބިލުކަން މި ކާރުތަކަށް ލިބިގެންވެއެވެ.
The Male’ Taxi Line fleet is taking shape, with the arrival of our compact three-seater, the Changan Lumin.
A cleaner, smarter and more reliable way to travel across Malé City.#RayyithungeTaxi #RayyithungeKunfuni pic.twitter.com/Ny1maPiLcb
— MTCC Plc (@MTCCPlc) April 1, 2026
ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރިކަން ކަށަވަރުކޮށްދޭ މި ކާރުތަކުގެ ސަބަބުން، ހިދުމަތް ހޯދާ ފަރާތްތަކަށާއި ޑްރައިވަރުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ، މިއީ އާންމުންނަށް އިތުބާރު ހުރި ސްމާޓް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް “މާލެ ޓެކްސީ” ލައިނުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެމްޓީސީސީގެ މި އިސްނެގުމަކީ މާލެއަށް ދިމާވެފައިވާ ދަތުރުފަތުރުކުރުމުގެ ދަތިކަމަށް ދާއިމީ އަދި މުސްތަގުބަލާ ރައްޓެހި ހައްލެއް ހޯދައިދިނުމަށް ކުރެވޭ އުންމީދީ މަސައްކަތެކެވެ.

