
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ބައްސާމް އާދަމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ބައްސާމް އެމަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައްސާމް ވިދާޅުވީ މިހާރު ކަންކަން އަވަސް އަވަހަށް ބަދަލުވަމުން އަންނައިރު މަގާމުގައި ހުންނެވިއިރު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އަދި މަޓޯޓޯގެ ސީއީއޯގެ މަގާމު ފުރުއްވަން ލިބިވަޑައިގެންނެވުމުން ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި އޭނާއަށް އެހީތެރިވެވަޑައިގެންނެވި އެކި ފަރާތްތަކަށް ޝުކުރުވެސް އޭނާ އަދާކުރެއްވިއެވެ.
ކުރިން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވި ބައްސާމް މަޓާޓޯގެ ސީއީއޯގެ މަގާމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

