
ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވައިލާ މިނިވަން ވިޔަފާރީފެ އެއްބަސްވުމުގެ މަޝްވަރާތއް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު)ގައި ސޮއިކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންގްދަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ބުނީ ރާއްޖެއާއެކު އެފްޓީއޭއެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އޮނިގަނޑާއި އުސޫލުގައި ކަނޑައަޅައި، ޓީއޯއާރުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭން މިހާރު ދަނީ ޗައިނާއާއެކު ހަދާފައިވާ އެފްޓީއޭއަކަށް އަމަލުކުރަމުންނެވެ. އަދި ތުރުކީއާއެކު ވެސް ރާއްޖޭން ވަނީ ޕްރޮފެރެންޝަން ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

