
ކ. މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް ފެށީ މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުއެވެ.
މާފުށީ ހޮސްޕިޓަލުން ބުނީ ފިޒިއޮތެރަޕީގެ ހިދުމަތް މާފުށީގައި ފެށުމުން ދެން ފިޒިއޯގެ އެކިއެކި ފަރުވާ ރަށުގައި ހުރެގެން ލިބޭނެ ކަމަށެވެ.
އެ ހިދުމަތް ފެށީ މާފުށީ ކައުންސިލްއާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ހެލްތު މިނިސްޓްރީގެ އެހީއާއެކު ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
މާފުއްޓަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގައި އެންމެ ވަރުގަދަ ރަށެވެ. އެހެންވެ މާފުށީ ހޮސްޕިޓަލުގައި ފިޒިއޯގެ ހިދުމަތް ފެށުމުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އޭގެ ނަފާ ލިބިގެންދާނެއެވެ.

