
ހަރަދު ކުޑަކުރަން ކުރިއަށް އޮތް އީދުގައި އީދު ލައިޓު ދިއްލާނީ ސިޓީތަކުގައި އެކަނިކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
މިހާރު މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ކެބިނެޓް މަޝްވަރާއާއެކު ރަށްރަށުގައި ރަށްރަށުގައި އީދު ލައިޓް ނުދިއްލަން ނިންމާއިވާ ކަމަށެވެ.
އެހެންވެ މި ފަހަރުގެ އީދުގައި އީދު ލައިޓް ދިއްލާނީ ހަމައެކަނި ފަސް ސިޓީއެއްގައި ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
އަދި ސިޓީތަކުގައި ވެސް އީދު ލައިޓު ދިއްލާނީ ވަކި ލޮކޭޝަންކެއްގައި ކަމަށާއި މިއީ ހަރަދު ކުޑަކުރަން ނިންމި ނިންމުމެއްކަމަށް ހަލީލް ވިދާޅުވިވެ.
އީދު ލައިޓްތައް ދިއްލަން ފެށީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހުއެވެ.

