
ކުނި ބަރުކޮށްގެން ސިނަމާލެ ބުރިޖު މަތިން ދަތުރުކުރި ޕިކަޕެއް މިއަދު ފުރޮޅާލައިފިއެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކުރީ މިއަދު 09:45ކަންހާއިރު ކަމަށެވެ.
ޕިކަޕް ފުރޮޅާލަން މެދުވެރުވީ އެ ޕިކަޕްގެ ފުރޮޅު ފަޅައިގެން ގޮސް އަރި އަޅާލައިގެން ފެންސްގައި ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

