
ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އިގްބާލް މިއާ(35އ.) އެވެ.
އިގްބާލުގެ މައްޗަށް ކުރަނީ ބިދޭސީއަކު ރަހީނުކޮށް ގެންގުޅެ އޭނާގެ މައްޗަށް އަނިޔާކުރިކަމުގެ ތުހުމަތެވެ.
ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ބަންދު އަމުރުގައި ހާމަކޮށްފައެއްނުވެއެވެ.
އެ މައްސަލައިގައި އިގްބާލު 30ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުނެރެފައެެވެ.
އިގުބާލަކީ އިމިގްރޭޝަންގެ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަަމަށް ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

