
މާލެއިން 30އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ)ކަމަށެވެ.
މި މަހުގެ 13ވަނަ ދުވަހު މެންދުރު 12:00އާއި 13:00އާ ދެމެދުގެ ވަގުތެއްގައި އިމްތިޔާޒް ގޭގައި އުޅެނިކޮށް، އޭނާގެ ޢާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މަހުގެ 17ވަނަ ދުވަހުގެ ހަވީރު 17:15އެހައިކަންހާއިރު، މި މައްސަލަ ޢާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާ ގުޅުން ހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އިބްރާހީމް އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މަޢުލުމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އިލްތިމާސްކުރެއެވެ.

