
ނ. ކުޑަފަރީގައި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ސިޔާމުގެ ޚަރަދުގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައި، އެ މިސްކިތުގައި އިމާމުވެ ނަމާދު ކުރީ ވެސް ސިޔާމެވެ. މިއީ 150 މީހުންނަށް ޖަމާޢަތުގައި ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތް ބިނާކޮށްފައި ވަނީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފުރިހަމައަށް ފެންނާނެ ހެންނެވެ.
ސިޔާމްގެ ބައްޕަގެ ހަނދާނުގައި ބިނާކުރި މި މިސްކިތުގެ ނަމަކީ “މަސްޖިދުލް މުޙައްމަދު ޤާސިމް” އެވެ.

