
ރޯދަ މަހު ދުވާލު މަގުމަތީގައި ކައިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދޫ/ ޖަވާހިރުމާގެ. ރާއިފް އަލީ(25އ.) އަދި ސ. ފޭދޫ/ ޔެލޯ ހައުސް، މުހައްމަދު ޝިއުނީޒް(41އ.) އެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ރާއިފް ވަނީ މަގުމަތީގައި ޗުވިންގަމެއް ކައިފަ އެވެ. ޝިއުނީޒް ހައްޔަރުކުރި މައްސައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ މީހުންގެ ވެސް ބަންދާއި ހައްޔަރުގެ ރެކޯޑް އޮންނަ ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.
އެ މައްސަލައިގައި ރާއިފްގެ ބަންދަށް ހަތް ދުވަސް އަދި ޝިއުނީޒްގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
ރޯދަ މަހު ދުވާލު ކެއުމަކީ ގާނޫނީ ގޮތުން ކުށެކެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީން ވަނީ ރޯދަ މަހު ފަތުރުވެރިންނަށް ކެއުންބުއިމުގެ ހިދުމަތްތައް އާންމުނަށް ނުފެންނާނެހެން އިންތިޒާމު ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

