
މައި ހޯލުގައި 800 މީހުންނަށް ވުރެ ގިނަމީހުންނަށް ނަމާދު ކުރެވޭ ހަތަރު މިސްކިތެއް އޭސީކޮށްފިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތުން މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި ރޯދައިގެ ކުރިން އޭސީކޮށް ނިމޭނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ރައީސްގެ ވައުދުފުޅު ފުއްދަވައި ހަތަރު މިސްކިތް އޭސީކޮށް ނިންމާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަމީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި އޭސީ ކުރުމަށް ސަރުކާރުން ފެށްޓި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ… pic.twitter.com/breGLB4UWk
— Heena Waleed (@MvSpokesperson) February 18, 2026
އެ ހަތަރު މިސްކިތުގެ ތެރޭގައި ފުރުގާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ އުމަރު ބިން ހައްތާބް މިސްކިތް ހިމެނެއެވެ.
މި އަހަރު އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އަޅަން ފަށަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

