
ނުލިބިހުރި ފައިސާ ހޯދަން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މީރާ އިން ކުރި މަސައްކަތުން 1.24 ބިލިއަން ރުފިޔާ ހޯދައިފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ނުލިބި ހުރި ފައިސާ ހޯދަން ކުރި މަސައްކަތުން 1.24 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.
އެކިއެކި ޕޮލިސީތަކުން ހޯދި އަދަދު
ޑަނިން – 921.89 ރުފިޔާ
ރިމައިންޑާ، ކޯލްސް އީމެއިލް – 207.38 މިލިއަން
ޑިއުސް ކްލިއަރަންސް – 80.84 މިލިއަން
ބޭންކް އެކައުންޓް ފްރީޒިން – 29.13 މިލިއަން
މީރާ އެރިއާސް – 356,016 ރުފިޔާ
މީރާއިން ބުނި ގޮތުގައި މި މުއްދަތުގައި ފައިނަލް ނޯޓިސް ހަވާލުކޮށްފައިވާ އަދި ޓެކްސް ނުދައްކާ 6،991 ފަރާތާއި 3،8837 ފަރާތަށް ވަނީ ނޯޓިސް ފޮނުވިފައެވެ. އަދި އިންސްޓޯލްމަންޓް ޕްލޭން 387 ޓެކްސް ދައްކާ ފަރާތްތަކަށް ޖުމްލަ 3.8 މިލިއަން ރުފިޔާއާ ހަމައަށް ވަނީ ހަމަޖައްސައިދީފައެވެ.
ހިސާބުތައް ދައްކާ ގޮތުން އަދިވެސް ނުލިބި 13 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މީގެ ތެރޭގައި އެސްއޯއީތަކުން ލިބެން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާއަށް އަރައެވެ.

