
ރަމަޟާން މަހު މާލެ ސަރަހައްދުގައި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ، 1447ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލް މަހުގެ 1 އިން ފެށިގެން 7ވަނަ ދުވަހުގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.
އެގޮތުން ރަމަޟާން މަހުގެ 1ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހަށް، އަދި ޝައްވާލުމަހުގެ 1 އިން 7ވަނަ ދުވަހަށް، ހެނދުނު 8:00 އިން 9:30އަށް އަދި 16:30 އިން 20:00އަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުން މަނާވާނެއެވެ. އަދި ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް، 16:30އިން 20:00އަށް ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުން މަނާވާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
އެހެންކަމުން މި އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫން ދަށުން -/750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އެންމެހާ ފަރާތްތަކުން ވެސް މި އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށާއި މި ކަމަށް ސަމާލުކަން ދިނުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

