
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް މިރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަކީ ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑޮކްޓަރު މުހައްމަދު ޔޫނުސްގެ ދައުވަތަކަށް އެ ގައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު ކުރައްވާ މިދަތުރުފުޅުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތޯރިގު ރަހުމާނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެއާއި ބަނދަގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 1978ގައެވެ.

