
މިއަދު ކުރުނބާ ރިސޯޓް ބޭރުން 15މީހުންނާ އެކު ދަތުރުކުރަމުންދިޔަ މަސްދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މިއަދު 14:54އެހާއިރު އަލިފާނުގެ ޙާދިސާ ހިނގި “ފްރެޝް ފްރޮމް ދަ ސީ”ނަމަކަށް ކިޔާ ކަންނެލި މަސްދޯނި އަޑިޔަށް ގޮސް، ދޯނީގެ ބައިތައް ކ.ދޫނިދޫ ހުޅަނގު އުތުރުން 0.38ނޯޓިކަލް މޭލު ބޭރުން އޮޔާދާ ކަމަށެވެ. އަދި މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ އަލިފާނުގެ ޙާދިސާގައި ދޯނި އަޑިޔަށް ދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށް ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަންhttps://t.co/IPPYIGqr3g pic.twitter.com/hJ8IeRhVMz
— Maldives National Defence Force (@MNDF_Official) February 14, 2026
އެހެންކަމުން އެ ސަރަޙައްދުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ކުރާނަމަ ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.
މި ޙާދިސާ ހިނގި ވަގުތު އެ ދޯނީގައި ދަތުރުކުރި 15މީހުންގެ ތެރެއިން 5 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2ދިވެހިންނާއި 3ބިދޭސީންނެވެ.

