
އއ. ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމް ޤާއިމުކޮށް މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ފައްޓަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ.
ރައީސްގެ ވައުދާ އެއްގޮތަށް ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް މިއަދު އިފްތިތާހުކޮށް އެކަމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ.
ފަތުރުވެރިން ގިނަ އަދަދަކަށް ގޮސްއުޅޭ ތޮއްޑޫއަށް ކުރާ ދަތުރެއްގެ އަގަކީ 799ރުފިޔާ އެވެ.
އެ ދަތުރުތައް ފެށުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު އެކްސްގައި ވިދާޅުވީ މިއަދަކީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގެ ރައްޔިތުންނަށް ނުހަނު އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ގެންގުޅުއްވާ ތަރައްޤީގެ ސިޔާސަތުތަކުގެ ދަށުން، މޯލްޑިވިއަންއިން ފެށި އެ ހިދުމަތުގެ ސަބަބުން، އަތޮޅާއި ރަށުގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަރައި، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތޮއްޑޫއާއެކު މި ފަހުން ސީޕްލޭންގެ ހިދުމަތް ފެށީ ރަށްތަކުގެ ތެރޭގައި ބ. ކަމަދޫ އަދި ނ. ވެލިދޫ ހިމެނެއެވެ.

