
އިއްޔެ މާލޭ ހިޔާ ފްލެޓުން ވެއްޓުނު ދިވެހި ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަން ހާމަވެއްޖެއެވެ.
މާލޭ ހިޔާ 1ގެ ފަސްވަނަ ފަންގިފިލާއިން ވެއްޓިފައި ވަނީ އުމުރުން 60އަހަރުގެ ފިރިހެނެކެވެ. އޭނާ ވެއްޓުނީ އިއްޔެ ހެނދުނު 6:50ހާއިރުއެވެ.
އޭގެ ފަހުން އޭނާއަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗުގައެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އެ މީހާ ވެއްޓުނީ ކިހިނެއް ކަމެއް ސާފުނުވާއިރު ލިބުނު ގެއްލުމެއްވެސް ސާފެއް ނުވެއެވެެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުވެސް ކުރަމުންނެވެ.

