
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އާ ފްރަންޓް އޮފީސް މިއަދު ހުޅުވައިފިއެވެ.
ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައި، ރީތިގަސް މަގާއި ކަށިމާ ހިނގުމަށްވާހެން ހުންނަ ސަރަހައްދުގައި ހެދި އެ ފްރޮންޓް އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއެވެ.
ކަރެކްޝަންސްއިން ބުނީ އާ ފްރަންޓް އޮފީހުން ކުށުގެ ރެކޯޑް ސާފުކުރުމާއި ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި، މައި އީމެއިލް އަދި ކައުންޓަރަށް އަންނަ ސިޓީ ފަދަ ލިއުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަން / ޑިވިޝަން އަދި ކޮމާންޑްތަކާ ހަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން، އެކިއެކި ކަންކަމުގައި މިސަރވިސްއަށް އަންނަ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އަދި އޭގެ އިތުރުން، ގަދީންނާއި ބަންދުމީހުންގެ އަންނައުނު ބަލައިގަތުމުގެ އުސޫލާއި އެއްގޮތަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި އަންގާރަ، ދުވަހު އާއިލާތަކުން ގެންނަ އަންނައުނު ވެސް ފްރަންޓް އޮފީހުން ބަލައިގަންނާނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

