
ގދ. ތިނަދޫގައި ހުންނަ ހޮސްޕިޓަލުގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ތިނަދޫ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭނުންވާ ކާޑިއޮލޮޖިސްޓް މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ ރަށަށް ގޮސްފައިވާ ކަމަށެވެ.
އަދި މިދިޔަ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް އެ ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހިތުގެ ބަލިތަކަށް ތިނަދޫ ހޮސްޕިިޓަލުގައި މި ވަގުތު ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި، ހިތުގެ ބަލިތަކަށް ހާއްސަ އޯޕީޑީ ފަރުވާއާއި، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ އިތުރުން ‘އެކޯ’ ހެދުމުގެ ހިދުމަތް ހިމެނެއެވެ.
އޭގެ އިތުރުން، ހިތުގެ ބަލިތަކާ ގުޅުންހުރި އިތުރު ހިދުމަތްތައް ވަރަށް އަވަހަށް ހޮސްޕިޓަލުގައި ތައާރަފުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ތިނަދޫ ހޮސްޕިޓަލުން ބުނީ ހިތުގެ ބަލިތަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށުމަކީ ފަހުރުވެރިކަމެއް ކަމަށާއި އަދި މިއީ ސްޕެޝަލައިޒްޑް އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ގދ. ސަރަހައްދަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

