
ހަކުރު ހުންނަ ބާވަތްތައް ނުވަތަ ފޮނި އެއްޗިއްސަކީ އަނގަޔަށް ވަރަށް މީރު އެއްޗިއްސެވެ. ނަމަވެސް އެއީ އެހާމެ ހަށިގަނޑަށް ނުރައްކާ ބޮޑު އެއްޗިއްސެވެ. ހަށިގަނޑު ފަލަވުމާއި، ކޮލެސްޓްރޯލް މަތިވުމުގެ އިތުރުން ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލިތައް ވެސް ޖެހިދާނެއެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ބޮޑެތި ބަލިތަކަށް ހުށަހެޅޭ ހަކުރަކީ މީހާ އަވަހަށް މުސްކުޅިވެސް ކޮށްލާ އެއްޗެކެވެ. އެގޮތުން ހަކުރަކީ ހަންގަނޑު ހަލާކުކޮށްލައި، މޫނުމަތީގައި ރިންކްލްސް ގިނަކޮށްދީ، މޫނުމަތީގެ އުޖާލާކަން ގެއްލުވާލާ އެއްޗެކެވެ. މިއީ ހުސް މުސްކުޅިވުމުގެ ނިޝާންތަކެވެ.
ހަކުރަކީ ޑީއެންއޭ ރައްކާތެރިކުރާ ‘ޓެލިމިއާސް’ ދަށްކުރާ އެއްޗެކެވެ. މިއީ މީހާގެ އުމުރު މަތިވާވަރަކަށް ދަށްވާ އެއްޗެކެވެ، ނަމަވެސް ގިނައިން ހަކުރު ނުވަތަ ފޮނި އެއްޗެހި ކާނަމަ އަވަހަށް މީތި ހަށިގަނޑުން ދަށްކޮށްދީ، މީހާ މޫސްކުޅި ކޮށްލައެވެ.
އޭގެއިތުރުން ހަކުރަކީ އިންފްލެމޭޝަންއާއި އޮކްސިޑޭޓިވް ސްޓްރެސްއަށްވެސް މަގުފަހިކޮށްދޭ އެއްޗެކެވެ.
ހަކުރުގެ އިތުރުން ރަނގަޅަށް ނިދި ނުލިބުމާއި، ޑީހައިޑްރޭޓްވުމާއި މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ބޭނުންކުރުމަކީވެސް މީހާގެ އުމުރަށްވުރެ އަވަހަށް ހަންގަނޑު މުސްކުޅި ކޮށްލާ ކަންކަމެވެ. ހަންގަނޑަށް ރޫޖެހި، ހުޅުހުޅުގައި ރިއްސުންފަދަ އެތައް ކަމަކަށް މަގުފަހިވެއެވެ.

