
ދެކުނު އޭޝިއާގެ ބައިނަލްއަގުވާމީ ކޮންފަރެންސްއެއްގައި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބައިވެރިވެއްޖެ އެވެ.
ރާއްޖެއިން ބައިވެރިވީ ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި “ސައުތް އޭޝިޔާ ރީޖަނަލް ކޮންފެރެންސް އޮންދަ ސްޓޭޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ފިޔުޗަރ ޕާތްވޭ” (ސަރޗް 2026)ގެ ކޮންފަރެންސްގފަ އެވެ.
އެކި ގައުމުތަކުގެ އިސްބޭފުޅުން ބައިވެރިވި މި ކޮންފެރެންސްގައި، މަތީ ތައުލީމީ ދާއިރާގެ މުސްތަގުބަލް ބިނާކުރުމުގައި، ދިރާސާކުރުމާއި، އުފެއްދުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީ އަދި އިޖުތިމާއީގުޅުން ބަދަހިކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މަޝްވަރާކުރިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެ ކޮންފެރެންސްގައި، ރާއްޖޭގެ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތިމަތު މުހައްމަދު ވަނީ ރާއްޖެ ތަމްސީލުކުރައްވައި ހިތާބުދެއްވައިފަ އެވެ. އެ ހިތާބުގައި އެކަމަނާ ވަނީ ދެކުނު އޭޝިޔާގެ ހުރިހާ ގައުމުތަކާއި ގުޅިގެން އިލްމީ މަސައްކަތްތަކާއި ދިރާސާގެ އަލީގައި މަތީ ތައުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރެވެންހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ.
އެ ކޮންފަރެންސްގައި މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ބައިވެރިވަޑައިގަންނެވި އެވެ.

