
މިފްކޯގެ މިހާރުގެ މެނޭޖުމަންޓުން ބޭރާއެކު ކުރި މަސައްކަތުން ރާއްޖޭގެ މަހަށް ބޭރުން ލިބޭ އަގު ބޮޑުކޮށްފައިވާ ކަމަށް މަސް ކުންފުނިން ބުނެފި އެވެ.
މިފްކޯގެ މަސައްކަތްތަކާ ބެހޭ ގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީނިޔަ ކޮންސެލްޓެންޓް އާތިފު ޝަކޫރު ވިދާޅުވީ މިދިޔަ ހަ މަސް ތެރޭ ނަމްބަރުން ކިޔައިދެވޭ ވަރުގެ ބަދަލެއް ގެނެވިފައިވާ ކަމަށެވެ. މިގޮތުން ގެނެވުނު ބަދަލުގެ ތެރޭގައި މަސް ގަންނަ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ޓަނަކުން 50 ޑޮލަރު ވަނީ ހެޔޮކޮށްފަ އެވެ. މިއީ އެ ކުންފުނިން އެކްސްޕޯޓް ކުރާ މަހަށް ބަލާއިރު ބޮޑުތަނުން ސޭވް ވެގެންދާނެ ކަމެއް ކަމަށް އާތިފު ވިދާޅުވި އެވެ.
“ދުނިޔޭގެ ބާޒާރުގައި މަސް ވިއްކާ އަގު ބަދަލު ކުރެވިއްޖެ. ގާތްގަނޑަކަށް [ޓަނެއް ވިއްކާ އަގު ] 1506 ޑޮލަރުން ފެށިގެން 1620 ޑޮލަރާ ހަމައަށް މައްޗަށް އުފުލިއްޖެ. މިހެން ބުނާއިރު ވެސް މި ސިނާއަތުގައި އުޅެފަ ހުރި މީހެއްގެ ގޮތުން އެއްވެސް އެއްގައުމަކަށް މަހުގެ ބާޒާރު ކޮންޓްރޯލެއް ނުކުރެވޭނެ. ނަމަވެސް ކަޅުބިލަ މަހުގެ ރޯދީގަ މިއީ ދޮށީގެ މަސްވެރިކަމެއް. އެހެންވެ މި މަހަށް ފެން ބޮވައިގެންފައި ތިބި ބައެއް އެބަތިބި. އެމީހުންވެސް މި މަސް ބޭނުންވޭ. އެގޮތުން ކުރެވުނު މަސައްކަތުން މަހުގެ އަގު ބޮޑު ކުރެވުނީ،” އާތިފު ވިދާޅުވ އެވެ.
އޭނާ ވިދާޅުވީ މިފްކޯއިން ޔޫކޭ ބާޒާރު އޮތީ މިދިޔަ ޖުލައިގެ ނިޔަލަށް އެއްކޮށް ވަނީ ބަންދުވެފަ އެވެ. ނަމަވެސް މި އަހަރުތެރޭގައި އެ ބާޒާރުވެސް ހުޅުވޭނެ އެވެ.
“މިއީ މިފްކޯ ހެޔޮކޮށް ރަނގަޅަށް ތެދުވަން ކުރި ބައެއް މަސައްކަތް،” އާތިފު ވިދާޅުވި އެވެ.

