
ރާއްޖޭގެ ސަރަހައްދަށް، ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައިނުސާފުވެފައިވާތީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ސަމާލުވާން އެދިއްޖެއެވެ.
މެޓް އޮފީހުން މިއަދު ބުނީ ވޭތުވެދިޔަ 7 ދުވަހަށް ބަލާއިރު މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިއަދު ކަމަށެވެ. މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ވަނީ 1.5 ކިލޯމީޓަރަށްވުރެ ދަށްވެފައެވެ.
ކުރިއަށް އޮތް 5 ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް ބެލެވޭ ކަމަށްވެސް މެޓުން ބުންޏެވެ.
“އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވެލެއްވުމަށް އެދެން. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން،” މެޓް އޮފީހުން ބުންޏެވެ.

