
ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު ހަށިގަނޑުގެ ޖިންސު ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް އޮޔާދާކަމުގެ މައުލޫމާތު އިއްޔެ 16:24 އެހާކަންހާއިރު ފުލުހުންނަށް ލިބިގެން އެކަމަށް ހަރަކާތްތެރިވެފައިވާ ކަމަށާއި ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުގެ ސަބަބުން ޖިންސް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ހަމައެހެންމެ ، ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަޙްޤީޤުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

