
އައު އަހަރަށް މަރުޙަބާ ކިޔުމަށް ހުޅުމާލޭގައި ހަވާ އެރުވުމާ އެކު ޑްރޯން ސޯ މިރޭ ބާއްވަން ނިންމައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، މިދިޔަ އަހަރު އައު އަހަރަށް މަރުހަބާ ކިޔުމަށް ބޭއްވުނު ޑްރޯން ސޯއަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާތީ، މިއަހަރު ވެސް ޑްރޯން ޝޯ ބޭއްވުމަށް ހަމަޖެހިފަވާ ކަމަށެވެ.
އެގޮތުން ޑްރޯން ޝޯ އޮންނާނީ މިރޭ 21:00 އިން ފެށިގެން 15 މިނިޓަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތް 12 ޖެހުމާ އެކު ފަށާނެ ކަމަށާއި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 5 މިނެޓުގެ ދިގުމިނަކަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
“މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް”ގެ ނަމުގައި އައު އަހަރަށް މަރުޙަބާ ކިޔުމަށް ބޭއްވޭ ޚާއްސަ ފެސްޓިވަލް ވަނީ އިއްޔެ ހަވީރު ފެށިފައެވެ.

