
ސަރުކާރުގެ “ޢާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ ދަށުން، ގޯއްޗާއި ފުލެޓަށް ކުރިމަތިލެވޭ އުސޫލުތައް ބަދަލުކޮށް، ގޯއްޗާއި ފުލެޓަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހް އިއުލާނުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، “ޢާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށްފައެވެ. އަދި މި އުސޫލުގެ ދަށުން ގޯއްޗާއި ފުލެޓަށް ކުރިމަލުމަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ކަމަށާއި ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ https://hiyaavehi.housing.gov.mv/ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި އުސޫލު ތަކާއި އެއްގޮތަށް ގޯއްޗަށް އަދި ފުލެޓަށް އެދި 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް… pic.twitter.com/UasnPanNvB
— Ministry of Construction, Housing & Infrastructure (@MoCImv) December 29, 2025
މި އުސޫލުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ.

