
ކުޅުދުއްފުށި ސިޓީގައި މިރޭ ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 21:30އާއި 22:00އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 5މިނެޓުގެ ދިގުމިނަކަށް ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.
ކުޅުދުއްފުށީ ސިޓީ ބޯޒިޔާރަތް ބީޗް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި މިރޭ 21:30 – 22:00 އާ ދެމެދުގެ ވަގުތެއްގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ. ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު.
— Maldives National Defence Force (@MNDF_Official) December 27, 2025
ދިފާއީ ބާރުން ބުނީ މިއީ ކުޅުދުއްފުށި ސިޓީ ބޯޒިޔާރަތް ބޯޗް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

