
ބައު ވެހިކަލްތަކުގެ ރަޖިސްްޓްރީ ބާޠިލްކޮށްދޭން ނިންމައި، އެ އުސޫލު ބަދަލުކުރަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ވެހިކަލްގެ އަހަރީފީއާއި ޖޫރިމަނާ ނުދައްކާހުރި ނަމަވެސް، އަންނަ އަހަރުގެ ޖެނުއަރީ 1ވަނަ ދުވަހުން ފެށިގެން އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރެވޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަަމަށެވެ.
މި ބަދަލު ގެންނަން ނިންމީ، އުޅަނދުތައް ބައުވެ ހަލާކުވެ ނައްތާލަން ބޭނުންވާ ޙާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާއި އުޅަނދު ނައްތާލުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާ ހަމައަށް ނުދައްކާހުރި އަހަރީފީއާއި ޖޫރިމަނާއަކީ، އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި އޮންނާނެ ކަމަށާއި އެ ފައިސާ ދައްކާ ޚަލާސްކުރަން ވެރިފާތުން ޖެހޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

