
ޞިއްޙަތަށް ނުރައްކާ މިންވަރަށް މާލެ ސަރަހައްދުގެ ވައި ނުސާފުވެއްޖެއެވެ.
ހެލްތު ޕްރޮޓަކްޝަން އޭޖެންސީ ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ވިލިމާލެ އާއި ދ. ކުޑަހުވަދޫ ސަރަހައްދުގެ ވައިނުސާފު މިންވަރު ހުރީ އާންމު ސިއްހަތަށް ނުރައްކާވާފަދަ މިންގަނޑަކަށެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ އެ ސަރަހައްދަށް ރެޑް އެލާޓް ނެރެފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ 170 ގައި ހުރިއިރު ކުޑަހުވަދޫ ހިމެނޭ ސަރަހައްދު ހުރީ 165 ގައެވެ. ވައި ނުސާފުކަމުގެ މިންގަނޑު 200-150ގައި ދައްކާނަމަ، ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާތެރިކަން އެންމެނަށް ވެސް އޮންނާނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.
ވައި ސާފު މިންވަރު ހުންނަ ވަރު ގަވާއިދުން ބައްލަވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ސަމާލުވެލައްވާ!
ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް އިން https://t.co/A0zz3pEFrP ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބައްލަވާ.… pic.twitter.com/SlQyWnA7fr— Health Protection Agency (@HPA_MV) December 22, 2025
އެޗްޕީއޭއިން ވަނީ މި ޙާލަތުގައި ލިބިދާނޭ ގެއްލުންތަކުން ސަލާމަތްވުމަށް ދީފައިވާ އިރުޝާދުތަކަށް އަމަލުކުރުމަށާއި ބޭރަށް ނިކުމެ އުޅޭނަމަ މާސްކު ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.

