
ހުޅުމާލެ ތިންވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 20:00 އާއި 20:30އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 4މިނެޓުގެ ދިގުމިނަކަށް ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.
ހުޅުމާލެ ފޭސް 3ގައި މިރޭ 20:00އާއި 20:30އާ ދެމެދުގެ ވަގުތެއްގައި ސިފްކޯއިން ހަވާ އެރުވުމުގެ ފަރިތަކުރުމެއް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ. ހަވާ އެރުވުމުގެ މި ފަރިތަކުރުން ކުރިއަށް ދާނީ 4 މިނެޓެއް ހާއިރު.
— Maldives National Defence Force (@MNDF_Official) December 22, 2025
ދިފާއީ ބާރުން ބުނީ މިއީ ފަރިތަކުރުމެއްގެ ގޮތުން ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

