
ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރިން، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މަރުވެފައިވާ މީހެއް ކަނޑުމަތިން ފެނިގެން އުޅޫ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:17 ހާއިރުކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށެވެ.
މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށާއި އިތުރު މަޢުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

