
ކ. ގުރައިދޫ ކައިރިން ހިފި ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖޭން ބޭރަށް ލުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކިނބުލަކީ ކ.ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން، “ރަންމުތް” ނަމަކަށް ކިޔާ ދޯންޏަކުން ހިފި ކިނބުލެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިއަދު ހިފި 6 ފޫޓުގެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭ ގޮތަށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

