
މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.
އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަން ނިންމިކަން ހާމަކޮށް މޯލްޑިވިއަނުން، އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އެ ދަތުރުތައް ބާއްވާނީ މާލެއާއި އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދު ކަމަށެވެ.
މެލްބަންއާއި މާލެއާއި ދެމެދު ސީދާ ދަތުރުތައް އަލަށް ފެށިގެން ދިއުމަކީ ތާރީޚީ ކަމެއްކަން ވެސް މޯލްޑިވިއަނުން ފާހަގަކުރިއެވެ.
ނަމަވެސް، އެ ދަތުރުތައް ފަށާނެ ވަކި ތަރީހެއް މޯލްޑިވިއަނުން ބުނެފައެއް ނުވެއެވެ.
މި ދަތުރުތައް ފަށަނީ އޮސްޓްރޭލިއާގެ ލަގްޒަރީ އެސްކޭޕްއާ އެކު ޕާޓްނާޝިޕްއެއްގެ ދަށުންނެވެ.
History takes flight as Maldivian connects the Maldives to Australia for the first time, with first-ever direct Melbourne–Malé flights in partnership with Luxury Escapes. ✈️🇦🇺#Maldivianaero #Maldives pic.twitter.com/2m9FPzaoK4
— MaldivianAero (@MaldivianAero) December 19, 2025
މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަން މިދިޔަ ސެޕްޓެމްބަރު މަހު ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓެއް ހޯދުމަށް ވެސް އިއުލާންކުރިއެވެ.
މޯލްޑިވިއަނުން މަސައްކަތްކުރަމުން ދަނީ އެ އެއަރލައިންގެ ދަތުރުތައް ދެކުނު ކޮރެއާއަށް އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށުމަށެވެ. މޯލްޑިވިއަންގެ ޚިދުމަތައް، މި އަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ވެސް ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް، އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.
ދެކުނު ކޮރެއާގެ އިތުރުން ދުނިޔޭގެ އެހެނިހެން މަންޒިލުތަކަށް ވެސް ދަތުރުތައް ފަށަން މޯލްޑިވިއަންއިން ދަނީ މަސައްކަތް ކުރަމުންނެވެ.

