
އެމްއެމްއޭގެ ޕޭމަންްޓް މޯލްޑިވްސްއަށް ސީއީއޯއެއް ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ޕޭމަންްޓް މޯލްޑިވްސްއަކީ (އެމްއެމްއޭ) އިން ރާއްޖޭގެ ޕޭމަންޓްއިން ފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކޮށް މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން އުފައްދާ އާ ކުންފުންޏެކެވެ.
އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15އާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފައިނޭންސް، ބިޒްނަސް ނުވަތަ އައިޓީ ފަދަ ދާއިރާއަކުން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ކުންފުންޏެއްގެ އެންމެ މަތީ މަގާމެއްގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ސީއީއޯގެ މަގާމަށް އައްޔަނުކުރާނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އެ މަގާމުގެ މުސާރައެއް އެމްއެމްއޭއިން ހާމައެއް ނުކުރެ އެވެ.

