
އިމިގްރޭޝަނުން އިއްޔެ ވެސް 10 މަސާޖު ޕާލާއެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލޭގައި ހިންގަމުން ދިޔަ 10 ތަނެއް ބަލައި ފާސްކޮށް، 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިއަ 10 ތަނެއް ބަލައި ފާސްކޮށް، 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި.@PoliceMv… pic.twitter.com/8BJAysdja3
— Maldives Immigration (@ImmigrationMV) December 17, 2025
މިފަދަ ވިޔަފާރިތަކުގައި ނުޤަވައިދުން އުޅޭ ބިދޭސީން ހައްޔަރުކޮށް އޮންނަ އުޞޫލުން އެ ފަރާތްތައް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި އޮޕަރޭޝަނުގެ ދަށުން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއުޒު ވެސް ވަނީ ވިދާޅުވެފައެވެ.

