
އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ތެރެއިން ގަލޮޅު، ހެންވޭރު, އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ނައްތާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 102 ވޭޕް، 145 ވޭޕް ފްލޭވަރ، 1096 ނެނޯސްޓިކް ކާޓްރިޖް ކަމަށެވެ. އަދި 114 ކޮއިލް އާއި ޑިސްޕޯސަބަލް ޕޮޑަކާއި 6 ރީފިލިންގ ކާޓްރިޖް، 3 ކާޓޫނު ސިނގިރޭޓް ނައްތާލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތައް ނައްތާލައިފިhttps://t.co/tmqCds101R pic.twitter.com/H3b6yWxUTf
— Maldives Police (@PoliceMv) December 16, 2025
މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖްގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.

