
ހުޅުމާލެ ބައު އިންޖީނުގޭ އަލިފާނުގެ ހާދިސާގައި ފިހިގެން ނިޔާވި ހ. ސަވާ, އަޙްމަދު އަޒްމީލް (42އ)ގެ ހަށިގަނޑު ރާއްޖެ ގެނެސް، މިރޭ ޖަނާޒާ ބޭއްވުމަށް ނިންމައިފިއެވެ.
ސްޓެލްކޯ އިން ބުނީ، މިރޭ އިޝާ ނަމާދަށް ފަހު އަޒްމީލްގެ ޖަނާޒާ ބޭއްވުމަށް، އޭނާގެ ޢާއިލާ އިން ނިންމާފައިވާ ކަމަށާއި ޖަނާޒާ އޮންނާނީ މަސްޖިދު ޒައިދު ބިން ޘާބިތް (ހުޅުމާލެ ސަހަރާ މިސްކިތް)ގައި ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު ޖަނާޒާގައި ބައިވެރިވެ ދެއްވުން އެދޭކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
މަރުޙޫމް އަޙްމަދު އަޒްމީލްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭގެ އިޝާ ނަމާދަށްފަހު މަސްޖިދުލް ޒައިދު ބިން ޘާބިތު (ހުޅުމާލޭ ސަހަރާ މިސްކިތް) ގައި އޮންނާނެ. މި ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް.
މާތް ﷲ މަރުޙޫމް އަޙްމަދު… pic.twitter.com/Le55AML3in— STELCO (@STELCOMALDIVES) December 16, 2025
އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލު ކުރަމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ފާއިތުވި ނޮވެމްބަރު މަހު 26 ވަނަ ދުވަހު އަޒްމީލު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް ބެންކޮކަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

