
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ތަރައްޤީކޮށްފައިވާ 4000 ފުލެޓް ލިބުނު ފަރާތްތަކަށް، އެ ފުލެޓްތައް ނިންމާ ހަވާލުކުރެވޭނެ ތާރީޚުތަކެއް އެ ކުންފުނިންދީފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، ފުލެޓްތައް ނިމެމުންދާ ވަރަކަށް، އެ ފުލެޓްތައް ލިބިފައިވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލު ކުރަމުންދާކަމަށާއި ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ފުލެޓްތައް ނިންމާ ހަވާލުކުރެވޭނެ ތާރީޚްތައް:
- އަމާން އުދަރެހުގެ 11، 12، 13، 15 އަދި 16ވަނަ ޓަވަރުން ފްލެޓުތައް ހަވާލުކުރެވޭނީ މި މަހުގެ ދެވަނަ ހަފުތާ ހިސާބުގައި.
- އަމާން އުދަރެހުގެ 8ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 3ވަނަ ހަފުތާގައި.
- އަމާން އުދަރެހުގެ 1، 2، 3، 4 އަދި 7ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 4ވަނަ ހަފުތާގައި.
- އަމާން އުދަރެހުގެ 5 އަދި 6ވަނަ ޓަވަރުގެ ފުލެޓްތައް ހަވާލުކުރެވޭނީ ޖެނުއަރީ 3ވަނަ ހަފުތާގައި.
- އަމާން އުދަރެހުގެ 9 އަދި 10ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 5 ވަނަ ހަފުތާގައި.
- އަމާން ދޯދީގެ 1، 2، 3، 4، 12، 13، 14ވަނަ ޓަވަރު, ޖެނުއަރީ މަހުގެ ފަހު ހަފުތާގައި.
- އަމާން ދޯދީގެ 15 އަދި 16ވަނަ ޓަވަރު، ޖެނުއަރީ 2 ވަނަ ހަފުތާގައި.
- އަމާން ދޯދީގެ 5، 6، 7، 8، 9، 10 އަދި 11ވަނަ ޓަވަރުތައް ޖެނުއަރީ މަހުގެ ފަހު ހަފްތާގައި.
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގައި ހިމެނޭ ތިން ކޮޓަރީގެ އެޕާމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 11،500ރ، ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހެއެވެ. އަދި ދެ ކޮޓަރީ އެޕާޓްމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 8،000ރ ކަމަށްވާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަންޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

