
ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަމީމް އަހައްމަދު (31އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 1 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މީހެއް ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 72 ދަޅު، އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން ފެނިފައިވާތީކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

