
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ސްޓެލްކޯ މުވައްޒަފު އިތުުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލްއަށް ބަދަލުކޮށްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑުން ބުނެފިއެވެ.
މި ހާދިސާގައި މުވައްޒަފުގެ ގައިގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެނާއަށް އެންމެ ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފައިކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި އޭނާ ޙާލަތު ވަރަށް ގާތުން ބަލަމުން ގެންދާކަމަށާއި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އިތުރު ފަރުވާއަށް ތައިލެންޑަށް ފޮނުވުނީކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ ދުޢާއަކީ އޭނާއަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ޙާލުގައި ސްޓެލްކޯގެ ޓީމާއެކު މަސައްކަތުގެ މާޙަލުގައި ދެމިހުރުންކަމަށް އެދޭކަމަށާއި އޭނާއަށް މާތްﷲ ހެޔޮ ތަޢުފީޤްދެއްވުން އެދޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި އަޅުގަނޑުމެންގެ ކުންފުނީގެ މުވައްޒަފު ވަނީ އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައި. އަޅުގަނޑުމެންގެ ދުޢާ އަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ…
— STELCO (@STELCOMALDIVES) December 1, 2025
މި ޙާދިސާއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

