
އަވައްޓެރި ސްރީލާންގެ ނުވަރަލިއާއިން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ދިވެހި ޢާއިލާގެ ޚަބަރެއްވެއްޖެ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ބުނީ، ޚަބަރެއް ނުވެގެން ހޯދަމުންދަނީ ނުވަރަލިއާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ޢާއިލާއެއް ކަމަށާއި އެ ޢާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަ ކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށެވެ. އަދި އެ ޢާއިލާއަށް މުވާސަލާތު ނުކުރެވުނީ އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެޑިފައިވާތީކަމަށް އެމްބަސީން ބުނެއެވެ.
ލަންކާގެ ސަރުކާރުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން، ޚާއްޞަ ޚިދުމަތްތައް ފިޔަވައި، ހުރިހާ ޚިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލާފަކަމަށާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަށް ވެސް ވަނީ ބަންދުކޮށްފަކަމަށް އެ ގައުމުގެ މީޑިއާތައް ބުނެއެވެ.
ލަންކާއަށް ކުރަމުންދާ ވިއްސާރައިގާ ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި މިހާތަނަށް 50އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި 20އަށް ވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.

