
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އެއްފަހަރާ 2 ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ފަށައިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ މި މަޝްރޫޢުއަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން ކުރެވެމުންދާ މަސައްކަތެއް ކަމަށާއި 3 މަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމާލެވޭނެކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު ވަނީ 24 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
މީގެއިތުރުން އެ ކުންފުނިން ބުނީ، މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ބާކީ އޮތް 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސްގެ 22،000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައި ކަމަށެވެ.
މި މަޝްރޫޢުއަކީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލު ކުރެވިގެން ކުއިރަށްގެންދާ މަޝްރޫޢުއެކެވެ.

