
“މަގޭ ސާފު ރާއްޖެ ޤައުމީ ކޮންފަރެންސް 2025” ލ. ގަމުގައި ބާއްވަން ނިންމައިފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ހަރުދަނާކޮށް، މި ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބާއިތޯ ބަލައި، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި އަދި ތަފާތު ކުރިއެރުންތައް ހޯދޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި މި ކޮންފަރެންސްއިން އެެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ރާއްޖެއަށް ފައިދާހުރި، ދެމެހެއްޓެނިވި ކުނި މެނޭޖުކުރާނެ ގޮތުގެ ހައްލުތައް ހޯދުމަށް މަސައްކަތް ކުރާނެކަމަށާއި މި ކޮންފެރެންސްއަކީ ސާފު ރާއްޖެއެއް ހޯދުމަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ކޮންފަރެންސްގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި، މި ދާއިރާގެ ތަޖުރިބާކާރުންނާއި އަދި ދެމެހެއްޓެނިވި ތަރައްޤާއަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް ބައިވެރިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މުސްތަޤުބަލުގައި ސާފު ވެއްޓެއް ހޯދުމަށް މި ކޮންފަރެންސްގެ ތަޖުރިބާއަކީ މުހިއްމު ނިންމެވުމެއްކަމަށް ވާނެކަމަށް ވެސް ތިމާވައްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ. އެއީ މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ދުވަހުގެ ނިޔަލަށެވެ.

