
މިރޭ މާލޭގައި ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށް ގައުމީ ދިފާޢީ ބާރުން ބުނެފިއެވެ.
ގައުމީ ދިފާއީ ބާރުން ބުނީ މާލޭ ލެމަންގްރާސް ސިޓްރޮންއާ ދިމާ ބޭރުން މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 21:15ގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 3މިނެޓްގެ ދިގުމިނަކަށް ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.
ދިފާއީ ބާރުން ބުނީ މިއީ އަމިއްލަ ފަރާތެއްގެ އެދުމުގެ މަތީން ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

