
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ހަމަޖައްސައ،ި އެކަމަކުގެ ލިޔުން މިއަދު އެ ފަރާތްތަކާ ހަވާލުކޮށްފި އެވެ.
މީރުމާ ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައ،ި އެ ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން މެޑަމް ސާ ޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާ ތުގައި ވާހަކަފުޅު ދައްކަވަމުނ،ް އެކަ މަނާ ވިދާޅުވީ ނުކުޅެދުންތެރި ކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެންދިޔުމަކީ އިންސާ ނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ.
“ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިއުމަކ،ީ އިންސާނީ ކަރާމާތަށް އިސްކަން ދެއްވުމުގެ ވަރަށް މަތިވެރިކަމެއް. އަދި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުން ދޭހަވަނީ ހުރިހާ ދިވެހިންނަކ،ީ ހަމަހަމަ ބައެއްކަން އަދި އެކަން އަމަލީ ގޮތުން ސާބިތުކޮށްދިނުމުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށް” އެކަމަކާ ވިދާޅުވި އެވެ.
އެމްޕީއެލްއިން ވަޒީފާ ދިން 40 ފަރާތުގެ ތެރޭ ގައ،ި ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ވަޒީފާތަކަށް ހަމަޖެއްސި ފަރާތްތައްވެސް ހިމެނެއެވ.ެ މާލޭގައި ވަޒީފާ އަދާކު ރުމުގެ ފުރުސަތު ޖުމްލަ 35 ފަރާތަކަށް ވަނީ ހަމަޖައްސައިދީފަ އެވެ.
ދައުލަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއީ މި ވައުދުފުރިހަމަ ކުރުމަށްޓަކައި އެމްޕީއެލް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނުކުޅެދު ންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދިން ދައުލަތުގެ ފުރަތަމަ ކުންފުންޏެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އެމ.ްޕ.ީއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދ،ީ ވަޒީފާގެ ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރި އަށްގެންދެވުނު މުހިންމު މަސައްކަތެކެވެ .

